24 Oct 2019, 09:39
އެމެރިކާގެ މަޝްހޫރު ރެޕާ ކާޑީ ބީ "ފާސްޓް އެންޑް ފިއުރިއަސް 9" ކާސްޓާ ގުޅިއްޖެއެވެ.
ކާޑީ އެ ފިލްމުގެ ކާސްޓާ ގުޅިއްޖެކަން އޭނާވަނީ އިންސްޓަގްރާމް އެކައުންޓުގައި ހާމަކޮށްފައެވެ.
އިންސްޓާގައި ވީޑިއޯ ހިއްސާކުރުމަށްފަހު ކާޑީ ބުނީ ފިލްމުގެ މަސައްކަތްކުރުމަށް ކެތްމަދުވެފައިވާ ކަމަށާއި މި ފިލްމު ވެގެންދާނީ ވަރަށް ކާމިޔާބު ފިލްމަކަށް ކަމަށެވެ.
އެ ފިލްމު ކުޅޭކަން ހާމަކުރި ނަމަވެސް އޭނާ ކުޅޭނެ ރޯލެއް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.
އެ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިއަހަރުގައެވެ. ނަމަވެސް އެ ފިލްމު އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމިއެވެ.
ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ އެ ފިލްމު ދެން ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގައެވެ.
ކާމިޔާބު ފްރެންޗައިޒް އެ ފިލްމަކީ ގިނަ ބަޔަކު އެ ފިލްމުގެ އާބަޔަކަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.