މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ބޮލީވުޑް ފިލްމު ކަމަށްވާ "ދަބަންގް 3"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ޓްރެއިލާ މިއަދު ނެރުނު އިރު އެ ޓްރެއިލާ އަށް ވަނީ ތިން މިލިއަން ވިއުސް ލިބިފައެވެ. އެ ފިލްމު ނެރޭނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ދަބަންގްގައި މަޝްހޫރު އެކްޓަރު ސަލްމާން ހާން ފެނިގެންދާ "ޗުލްބުލް ޕާންޑޭ"ގެ ރޯލަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކެރެކްޓަރެކެވެ. އެ ކެރެކްޓަރު އެނބުރި އަންނާތީ ގިނަ ބަޔަކު ތިބީ ފިލްމަށް ކެތްމަދުވެފައެވެ.

ފިލްމުގައި ސަލްމާން އާއެކު ފެނިގެން ދާނީ ސޮނާކްޝީ ސިންހާއެވެ.

ޕްރަބޫދޭވާ ޑައިރެކްޓު ކުރާ "ދަބަންގް 3"ގައި ފެނިގެންދާނީ ސަލްމާން "ޗުލްބުލް ޕާންޑޭ" އަށް ވީ ކިހިނެތް ކަމެވެ. ފިލްމުގައި ޗުލްބުލް ޕާންޑޭގެ މާޒީ ފެނިގެން ދާނެ އެވެ. "ދަބަންގް"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ.