ދުނިޔޭގެ އެންމެ މަގުބޫލު އެއް ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްގެ އެކައުންޓެއް ނެތް ޒުވާނެއް މިހާރު މަދުވާނެއެވެ. ނެޓްފްލިކްސްގެ ލައިބްރަރީ ވަރަށްވެސް ބޮޑެވެ. އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް ލައިބްރަރީ ބޮޑުކަމުން ބަލާނެ އެއްޗެއް ނޭނގިގެން އުޅޭ ފަހަރުތައް މަދެއްވެސް ނޫނެވެ. ނެޓްފްލިކްސްގެ އޮރިޖިނަލް ފިލްމުތަކުގެ ތެރޭގައި މޮޅު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. މިއީ އެ އުނދަގުލަށް ހައްލަކަށް ވެދާނެއެވެ.

ނެޓްފްލިކްސް އިން ވަނީ ތަފާތު ޖާންރާގެ ގިނަ ފިލްމުތަކެއް އުފައްދާފައެވެ. އޭގެތެރޭގައި ބަލާލަން ރަނގަޅު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއިން ބައެއް ފިލްމުތަކަކީ

ނޮކްޑައުން ދަ ހައުސް --

ނޮކްޑައުން ދަ ހައުސް

ރޭޗެލް ލިއާސް ޑައިރެކްޓްކޮށްފައިވާ ނޮކް ޑައުން ހައުސް އަކީ ހަގީގީ ކަންތައްތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގައި ފެނިގެންދާނީ ހަތަރު ޑިމޮކްރެޓް އަންހެނުން އެމެރިކާގެ ކޮންގްރެސް އަށް ކުރިމަތިލައިގެން އެކަމާ ގުޅިގެން ދެން ވާ ކަންތައްތަކެވެ.

ރޮޓަން ޓޮމާޓޯސްގެ ރޭޓިން : 100 ޕަސެންޓް

ސީ ޔޫ ޔެސްޓަޑޭ ---

ސީ ޔޫ ޔެސްޓަރޑޭ

ޑޮކިއުމެންޓްރީ ފިލްމު ކަމު ނުދާ ފަރާތްތަކަށް "ސީ ޔޫ ޔެސްޓަރޑޭ" ވެގެންދާނީ ރަނގަޅު ފިލްމަކަށެވެ. މިއީ ސައިންސް ފިކްޝަން ފިލްމެކެވެ. ސައިންސަށް މޮޅު ފުރާވަރުގެ ދެ ކުދީން ކުރާ އީޖާދެއްގެ ސަބަބުން ދެމީހުންނަށް މާޒީގެ ދުވަސްތަކަށް ދިޔުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް މާޒީގައި ދެވެނީ އަބަދުވެސް އެއް ދުވަހަކަށެވެ. އެއީ ލީޑް އަންހެން ކެރެކްޓަރުގެ ބޭބޭ މަރާލާ ދުވަހަށެވެ.

ރޮޓަން ޓޮމާޓޯސް ރޭޓިން : 95 ޕަސެންޓް

ދަ ލިޓްލް ޕްރިންސް

ދަ ލިޓްލް ޕްރިންސް

އެންޓުވާން ޑި ސެއިންޓްގެ ވާހަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ދަ ލިޓްލް ޕްރިންސް" އަކީ ކޮންމެ އުމުރަކަށްވެސް ބަލާލަން ހިތްގައިމު އެނިމޭޓެޑް ފިިލްމެކެވެ. ސްޓޮޕް މޯޝަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމަކީ ފްރެންޗު ފިލްމެކެވެ.

ރޮޓަން ޓޮމާޓޯސް ރޭޓިން : 93 ޕަސެންޓް

ޓްރޭމްޕްސް

ޓްރޭމްޕްސް

ރޮމޭންޓިކް ކޮމެޑީއަށް ލޯބި ކުރާ ފަރާތްތަކަށް އެޑަމް ލިއޯންގެ "ޓްރޭމްޕްސް" ވަރަށް ކަމުދާނެއެވެ. މި ފިލްމުގައި ފެނިގެން ދާނީ ވައްކަން ކުރަން އުޅޭ ދެމީހެއްގެ ވާހަކައެވެ. އޮޅިގެން ނުބައި ފޮށްޓެއް ނެގިގެން ދެމީހުން ދިމާވެ ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދިގެން ދެއެވެ.

ރޮޓަން ޓޮމާޓޯސް ރޭޓިން : 95 ޕަސެންޓް

ރޯމާ ---

ރޯމާ

ސްޕެނިޝް ފިލްމެއް ކަމަށްވާ ރޯމާއަކީ ހިސްޓޮރިކް ފިކްޝަން ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މެކްސިކޯ ގައި އަންހެނަކު އޭނާގެ ފިރިމީހާ، އޭނާއަށް އޮޅުވާލާ ފިލައިގެން ދިޔުމުން ކަންތައް ވެގެންދާގޮތް އެ ފިލްމުން ދައްކައެވެ. އަދި އެކަނިމައި އެކަނި އޭނާގެ ފަސް ދަރިން ބަލާގޮތްވެސް އެ ފިލްމުން ދައްކައެވެ. މިއީ ގޯލްޑަން ގްލޯބް އާއި އެކެޑެމީ އެވޯޑްސްގެ އިތުރުން ބޮޑެތި ގިނަ އެވޯޑުތަކެއް ލިބިފައިވާ ފިލްމެކެވެ.

ރޮޓަން ޓޮމާޓޯސް ރޭޓިން : 95 ޕަސެންޓް