23 Oct 2019, 09:08
މަޝްހޫރު ޓީވީ ތަރި ޕަންޗީ ބޯރާ އަށް ދަރިއަކު ލިބިއްޖެއެވެ.
އޭނާ އަށް ދެވަނަ ދަރިއަކު ލިބުނުކަން ހިއްސާކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ދަރިފުޅަށް މިހާރު ނަންކިޔާފައިވާއިރު އެ ދަރިފުޅަށް ކީ ރީއާންއެވެ.
އޭނާއަށް ދަރިއަކު ލިބުކަން ހާމަކުރިއިރު އޭނާގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. ޕަންޗީ ބުނީ ދެވަނަ ދަރިފުޅުގެ ސިއްހަތު ރަނގަޅުކަމަށާއި ފިރިހެން ކުއްޖެއް ލިބުމުން އުފާވާ ކަމަށެވެ.
ޕަންޗީ އަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ މިދިޔަ އަހަރުގައެވެ. އެފަހަރު ލިބުނީ އަންހެން ކުއްޖެކެވެ.
ޕަންޗީ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު ޖޭދީޕް އާއެވެ.