22 Oct 2019, 13:54
އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފިލްމު އެވޯޑްސް 9"ގެ ފިލްމުތަކަށް ވަނަ ދިނުމަށްޓަކައި ހަތް ޖޫރީއެއް ފަނޑިޔާރުންނަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފިލްމު އެވޯޑްސްގެ ޖޫރީންގެ ޕެނަލްގައި ފިލްމީ ދާއިރާއަށް ގިނަ އަހަރުތަކެއް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން ފިލްމް އިންޑަސްޓްރީއާ ގުޅޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. އެ ފަރާތްތަކަކީ :
މުހައްމަދު ނިޔާޒު (ޓެޑްރީ)
އައިމިނަތު ނަޖީބު
ފާތިމަތު ލީޒާ
އައިމިނަތު އިނާސް
އަހުމަދު އަހުސަން
ނޫރާ އިބްރާހީމް ޒާހިރު
ޝާރިފް އަލީ
"ފިލްމު އެވޯޑްސް 9" އަކަށް ޖުމްލަ 13 ފިލްމެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެ ފިލްމުތަކަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ނެރެފައިވާ ފިލްމުތަކެވެ.
ފާއިތުވި ދެ އަހަރު ދިވެހި ފިލްމު އިންޑަސްޓްރީން ވަނީ ތަފާތު ގިނަ ފިލްމުތަކެއް ނެރެފައެވެ. އެގޮތުން 2017 ވަނަ އަހަރުގައި އަށް ފިލްމެއް ނެރުނު އިރު މިދިޔަ އަހަރު ވަނީ ފަސް ފިލްމެއް ނެރެފައެވެ.
އަންނަ މަހުގައި ފިލްމު އެވޯޑްސް 9 ބޭއްވުމަށް ނިންމި ނަމަވެސް އަދި ސީދާ ދުވަހެއް ހަމަޖައްސާފައެއް ނުވެއެވެ.