ހައްޖު ކޯޕަރޭޝަން ހިންގާ އޮފީސް އާ ސަރަހައްދަކަަށް ބަދަލުކުރަން ނިންމައިފިއެވެ.

ހައްޖު ކޯޕަރޭޝަންއިން ބުނީ އެ ކޯޕަރޭޝަންގެ އޮފީސް ދެން ހިންގާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ، މ. ފުރަންކަރާގައި ކަމަށެވެ. އެތަނަށް ބަދަލުވާނީ އަންނަ އާދިއްތަ ދުވަހު ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު އޮފީސް ބަންދުވާނެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ހައްޖަށް މީހުން ގެންދާ ހައްޖު ކޯޕަރޭޝަނުން މިއަހަރުވެސް 1050 ހައްޖު ކޯޓާ ދޫކޮށްފައިވެއެވެ.