ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހިމް ހަމީދު ސަސްޕެންޑްކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ އިސް އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ހަމީދު ސަސްޕެންޑްކުރީ މިދިޔަ ހަފްތާގައި ކަމަށެވެ.

ހަމީދު ސަސްޕެންޑްކުރީ މަސް ދުވަހަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސައްކަތަށް ފަރުވާ ކުޑަކުރުމާއި، ގަވައިދުތަކަށް އަމަލުނުކުރުމާއި އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ހަމީދު މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ހަމީދު ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރެއްވީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ދެ ޕާމަނަންޓް ސެކްރެޓެރީން ވަނީ މަގާމުން ދުރުކޮށްފައެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަމުގައި ހުންނެވި މުއްސަބު އަބްދުﷲ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ ގޮތުގައި ހުންނެވި މުހައްމަދު ސައީދެވެ.