21 Oct 2019, 15:03
އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ ގިނަ ބައެއްގެ މަގުބޫލު އެކްޓްރެސް ޖެނިފާ ލޯރެންސް ކައިވެނިކޮށްފި އެވެ.
އިއްޔެގެ ވަގުުތެއްގައި ޖެނިފާ އާއި އޭނާ ރަށްޓެހިވެގެން އުޅުން ކުކް މަރޫނީ ކައިވެނިކޮށްފައިވަނީ ރޯޑް އައިލެންޑުގަ އެވެ.
ދެމީހުން ކައިވެނިކޮށްފައި ވަނީ 1890ގައި އިމާރާތްކޮށްފައިވާ ބޮޑު ހަވޭލީއެއްގަ އެވެ.
ޑިއޯގެ ހެދުމެއް ލައިގެން ޖެނިފާ ކައިވެނިކޮށްފައިވާއިރު އޭނާގެ ކައިވެނީގެ ހަފްލާއަށް 150 ފަރާތެއް ބައިވެރިވި އެވެ. އެގޮތުން އޭގެ ތެރޭގައި ދެފަރާތުގެ އާއިލާއާއި ގާތް އެކުވެރީން އަދި މަޝްހޫރު ފަންނާނުން އެ ހަފްލާގައި ބައިވެރިވެފައިވެ އެވެ.
ޖެނިފާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި އޭމީ ޝޫމާ އާއި އެޑެލް އާއި އެމާ ސްޓޯން އަދި ކްރިސް ޖެނާ ހިމެނެ އެވެ.
ޖެނިފާ އާއި ކުކް ކައިވެނިކުރިއިރު އެދެމީހުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މި އަހަރު ކުރީކޮޅު ދެމީހުން ވަނީ އެންގޭޖުވެފަ އެވެ.
ޖެނިފާ އާ ހިލާފަށް ކުކް އަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހެއް ނޫނެވެ. ކުކް އަކީ އާޓް ޑީލަރެކެވެ. ދެމީހުން ދިމާވެފައި ވަނީ އާޓް ގެލެރީއަކުންނެވެ.