19:00


ރާއްޖޭގެ ނަން ފުރަތަމަ ފަހަރަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ހިއުމަން ޓްރެފިކިން ވޮޗް ލިސްޓަށް އަރައިފި އެވެ.


އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާއްމުކޮށްފައިވާ މިލިސްޓުގައި ރާއްޖޭގެ އިތުރުން ހިމެނޭ އޭސިއާގެ ޤައުމުތަކުގެ ތެރޭގައި އަފްގާނިސްތާނު ސިންގަޕޯ ބުރޫނާއި އަދި ތައިލޭންޑް ހިމެނެ އެވެ.


ހިއުމަން ޓްރެފިކިން އަކީ އިންސާނުން ގަވާއިދާ ހިލާފަށް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގަދަބާރުން ކަންތައްތައް ކުރުވުމަށް އަމުރު ކުރުވުމެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާލާފައިވާ މި ލިސްޓަކީ މިފަދަ އަމަލްތައް ހިންގާ ޤައުމުތައް ބެލުމަށްފަހު އެކަމާމެދު ދިރާސާތަކެއް ކުރުމަށްފަހު އެކުލަވާލާފައިވާ ލިސްޓެކެވެ.


އެރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އާއްމު ގޮތެއްގައި އިންސާނުން މިގޮތަށް ބޭނުންކުރަމުން ދަނީ އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވުމަށާއި އަންހެނުނަށް މަޖުބޫރު ކުރުވައިގެން ހަށިވިއްކުމުގެ ފިޔަފާރި ކުރުމަށް ކަމަށެވެ.


އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހިއުމަން ޓްރެފިކްންގެ ދަށުން 2009 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް 12.3 މިލިއަން މީހުން ބޭނުން ކޮށްފައިވެ އެވެ.