21 Oct 2019, 09:03
ބިރުވެރި ފިލްމުތައް އުފެއްދުމަށް، ދިވެހީންގެ ތެރޭގައި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ރޭވުމުން ބައިސްކޯފުގައި ސްޓްރީމްކުރަން ނިންމައިފިއެވެ.
އަމްޖޭގެ ރޭވުމުން ބައިސްކޯފުގައި ސްޓްރީމްކުރަން އިއުލާންކުރި އިރު އެ ފިލްމު އެ އެޕްލިކޭޝަން އިން ދައްކަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ފިލްމަކީ މުޖްތަމައުގެ ތެރޭގައި ހުރި ވަރަށް ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ބަލާލާފައިވާ ފިލްމެކެވެ. ރޭވުމުން ގައި ތަރިންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކު، އަހްމަދު ޝާޒް (ތަޖޫބެ)، ހަސަން މަނިކު، ފައުޒިއްޔާ، ޝަކީލާ އަދި މުޅިން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވާ ބަތަލާ ނާޖިހާ ޢަޒޫރު (ނާ) އެވެ.
ފިލްމުގެ 12 ޝޯއެއް ވަނީ އޮލިމްޕަހުގައި ދައްކާފައެވެ. އަދި މި ފިލްމު ޝްވެކް ސިނަމާގެ އިތުރުން އަތޮޅުތަކުގައި ވެސް ވަނީ ދައްކާފައެވެ.