އިންޑިއާގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އަދަބީ މަހާސަމާގައި ސާކު ލިޓަރަރީ އެވޯޑު، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއަށް ލިބިވައިޑައިގެންފިއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދާ އެ މަހާސަމާއަކީ ސާކު ގައުމުތަކުގެ ލިޔުންތެރީންނާއި އަދަބިއްޔާތާ ބެހޭ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަހާސަމާއެކެވެ.

އިއްޔެ ފެށި މަހާސަމާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެ މަހާސަމާ ފެށުމުގެ ރަސްމިއްޔާތުގައި އަޝްރަފު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ލިޓަރަރީ އެވޯޑް އަޝްރަފަށް ލިބިވަޑައިންނެވުމުން އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

ސާކް ލިޓަރަރީ އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ހިމެނޭ އެންމެ ފާހަގަކުރޭ ލިޔުންތެރީންނާއި ޅެންވެރީން ތަރުޖަމާނުންނަށް ދޭ އެވޯޑެކެވެ.
އެ އެވޯޑް ދޭން ފަށާފައިވަނީ 2001 ވަނަ އަހަރުން ފެށިގެންނެވެ. އަދި މީގެކުރީންވެސް އެ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ. އެގޮތުން މީގެކުރީން އެ އެވޯޑު ލިބިފައިވަނީ އިބްރާހީމް ވަހީދަށް 2011 ވަނަ އަހަރުގައެވެ. މިއީ ރާއްޖެއަށް އެ އެވޯޑު ލިބުނު ދެވަނަ ފަހަރެވެ.