17 Nov 2011, 16:46
ވޮޝިންގޓަން (ނޮވެމްބަރ 17) : ވައިޓް ހައުސްގެ ކައިރީގައި ބަޑީގެ ޙަމަލާތަކެއްދިން ކަމުގެ ތުހުމަތުގައި އެމެރިކާގެ ފުލުހުން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ރިޔާސީ އަމްނާބެހޭ އިދާރާއިން ބުނިގޮތުގައި ސްޕޭން ދަރިކޮޅަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އޮސްކާރ ރަމީރޯ އޮރޓޭގާ ނަމަކަށްކިޔާ ޒުވާނަކު ޕެންސިލްވީނިޔާގެ ފުލުހުން ހައްޔަރުކުރީ މިދިޔަ ހަފްތާގެ ހަފްތާ ބަންދުގައި ވައިޓްހައުސްގެ ކައިރީގައި ހިންގި ބަޑިޖެހުމުގެ ޙާދިޘާއެއްގައި އޭނާގެ އަތެއްވާ ކަމަށް ޝައްކުކުރެވިގެންނެވެ. އޮސްކާރ ރަމީރޯ އޮރޓޭގާ ހައްޔަރުކުރީ ތަޙްޤީޤަށް ކަމަށްބެލެވޭ ކަމަށްވެސްއެމެރިކާގެ ރިޔާސީ އަމްނާބެހޭ އިދާރާއިން ބުނެއެވެ.
ބަޑިޖެހުމުގެ މިޙާދިޘާގައި ވައިޓް ހައުސްއަށްވެސް އަދި އެހެންފަރާތަކަށްވެސް ގެއްލުމެއް ލިބުނުކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެއެވެ. މިކަމާބެހޭ ތަފްސީލެއް އަދި މިކަމުގެ ފަހަތުގައިވާ ކަމަށް ޝައްކުކުރެވޭ ސަބަބުތަކެއް އެމެރިކާގެ ރިޔާސީ އަމްނާބެހޭ އިދާރާއިންވެސް އަދި އޭނާ ހައްޔަރުކުރި ޕެންސިލްވީނިޔާގެ ފުލުހުންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވައިޓް ހައުސްއަށް އަމާޒުކޮށް ފޮނުވާލާފައިވާ ދެއުންޑައެއް އެޢިމާރާތުގެ ބޭރުން ފެނިފައިވެއެވެ. މިދެއުންޑަ ވެއްޓިފައިވަނީ ވައިޓްހައުސްގައި ޖަހާފައިހުންނަ އުންޑަ ނާރާވައްތަރުގެ ބިއްލޫރި ފޫއަޅުވާނުލެވުމާގުޅިގެން ކުޑަދޮރެއްގެ ބޭރަށް ކަމަށް ރިޔާސީ އަމްނާބެހޭ މަސްއޫލުވެރިން ހާމަކުރައްވައެވެ.
ބަޑީގެ މިޙާދިޘާ ހިނގި ވަގުތު ރައީސް ބަރަކް އޮބާމާއާއި އޭނާގެ ޢާއިލާ ވައިޓް ހައުސްގައި ނޫޅުއްވައެވެ. އޮބާމާ އާއި އޭނާގެ ޢާއިލާ އެވަގުތު އުޅުއްވީކެލިފޯނިޔާގެ ސެންޑިޔޭގޯ ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)