16 Oct 2019, 13:46
ބޭރުގެ ހިމާޔަތުގައި އުޅުއްވި ސިޔާސީ ލީޑަރުންނަށް އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން އުވާލައިފި އެވެ.
މި އިސްލާހު އުވާލުމަށް 68 މެންބަރަކު މިއަދު ވޯޓުދެއްވި އެވެ.
އެ އިސްލާހު އުވާލުމަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށް ގާނޫނުގައި އޮތް ބައި މިއަދު ވަނީ އުވާލައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނު އިސްލާހު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ.