16 Oct 2019, 13:15
ކުރީގެ ވިކްޓޯރިއާސް ސީކްރެޓް މޮޑެލް މިރޭންޑާ ކާރއަށް ތިންވަނަ ދަރިއަކު ލިބިއްޖެ އެވެ.
އުމުރުން 36 އަހަރުގެ މިރޭންޑާއަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް ކިޔުމަށް ނިންމާފައިވަނީ މައިލްސްއެވެ.
މައިލްސްއަކީ މިރޭންޑާ އާއި އޭނާގެ ފިރިމީހާ އެވަން ސްޕީލްބާގް އަށް ލިބުނު ދެވަނަ ދަރިއެވެ. އެވަންއާއި މިރޭންޑާއަށް ލިބިފައިވާ ދެ ދަރީންނަކީވެސް ފިރިހެން ކުދީންނެވެ. ދެމަފިރީންގެ ފުރަތަމަ ދަރިއަކީ 17 މަހުގެ ހާޓްއެވެ.
ސްނެޕްޗެޓްގެ ސީއީއޯ އެވަން ސްޕީލްބާގްއާއި މިރޭންޑާ ކައިވެނިކުރީ 2017 ވަނަ އަހަރުގައެވެ.
މިރޭންޑާގެ އެންމެ ދޮށީ ދަރިއަކީވެސް ފިރިހެން ކުއްޖެކެވެ. މިރޭންޑާގެ ދޮށީ ދަރިއަކީ އޭނާގެ ކުރީގެ ފިރިމީހާ އޯލެންޑޯ ބްލޫމްއަށް ލިބިފައިވާ ފްލިންއެވެ. މަޝްހޫރު އެކްޓަރު އޯލެންޑޯއާއި މިރޭންޑާއަށް ލިބިފައިވާ ފްލިންއަށް މިއަހަރު އަށް އަހަރު ވާނެއެވެ.