17 Nov 2011, 11:28
އިނގިރޭސި ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް އަނިޔާ އާއި ކުރިމަތިވި އެސްޓަން ވިލާ ފޯވާޑް ގެބްރިއަލް އަގްބޮންލަހަރް އަވަހަށް ކުޅުމަށް އެނބުރި އައުމަށް އުންމީދުކުރާ ކަމަށް އެ ކުލަބުގެ ކޯޗު އެލެކްސް މެކްލީޝް ބުނެފި އެވެ.
މިހަފްތާ ގައި އިނގިރޭސި ވިލާތާއި ސްޕެއިން އާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި އަގްބޮންލަހަރް އަށް ބައިވެރި ނުވެވުނީ ފަރިތަކުރުމުގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ނެވެ. މިދިޔަ ހަފްތާގައި ލިބުނު މި އަނިޔާ އާއި ގުޅިގެން އަގްބޮންލަހަރް އެސްޓަން ވިލާ އަށް ފޮނުވާލެވިފައި ވެއެވެ.
"އަގްބޮންލަހަރް އަދި ޓީމަކާއި ނުގުޅޭ. އެހެން ނަމަވެސް މިހަފްތާ ފަހު ކޮޅު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ވެވޭނެ ކަމަށް އުންމީދު ކުރަން. ޓޮޓެންހަމް އާއި ދެކޮޅަށް ކުޅޭ ޕްރެމިއާ ލީގު މެޗުގައި އަގްބޮންލަހަރް އަށް ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރަން." ކޯޗް މެކްލީޝް ބުންޏެވެ.