ޝާހިދު ހާން ލީޑު ރޯލުން ފެނިގެންދިޔަ "ކަބީރު ސިންހް"ގެ އަންހެން ވާޝަނެއް ހަދަން ބޮލީވުޑްގެ ތަރި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ބުނެފި އެވެ.

ޖާންވީ ބުނީ އެ ފިލްމުގެ އިތުރުން ހޮލީވުޑްގެ ފިލްމު "ޖޯކާ" ފަދަ ފިލްމުތަކުގެ އަންހެން ވާޝަނެއް ހެދުމަށް ބޭނުންވާ ކަމަށެވެ. ޒަމާން ބަދަލުވަމުންދާ ވަރަށް އަންހެނުންނަށް ފުރުސަތު ގިނަވާންޖެހޭ ކަމަށާއި ވަރުގަދަ ރޯލުތަކުން އަންހެނުން ފެންނަންޖެހޭ ކަމަށެވެ.

ފިލްމު ދަޅަކް އިން ޝާހިދުގެ ކޮއްކޮ އިޝާން ކައްތުރާ އާއެއްކޮށް ބޮލީވުޑަށް ނުކުތް ބަތަލާ ބުނީ ކެމެރާ ކުރިމަތިން މަސައްކަތްކޮށްލަން ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމުތައް ކުޅުމަށް ރަށުން ބޭރަށް ދާން ވަރަށް ބޭނުންވާ ކަމަށެވެ.

ދާދިފަހުން ޖާންވީގެ ގެއަށް ކެއުމަކަށް ޝާހިދު ކަޕޫރުގެ އާއިލާއިން ވަނީ ގޮއްސަ އެވެ. ޖާންވީ އާއި އިޝާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާތަކުން މިދިޔަ އަހަރު ފެތުރި ނަމަވެސް އެކަމަކަށް އެ ދެތަރިން އެއްބަސްވެފައެއްނުވެ އެވެ. އަދި އެ ވާހަކަތަކެއް ދޮގުވެސް ކޮށްފައެއް ނުވެ އެވެ.