14 Oct 2019, 12:32
އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހުވަދުއަތޮޅުގައި ކަނޑުއުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ކޯސްޓްގާޑުން އެ މަސައްކަތް ފެށީ އިއްޔެ އެވެ. އެ ޕްރޮގްރާމުގެ ދަށުން އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައި ހުރޭތޯ ދަނީ ބަލަމުންނެވެ.
އެގޮތުން، މެރިން ވީއެޗްއެފް ބެލުމާއި، އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންތައްތައް ބެލުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ސިފައިން ބުނި ގޮތުގައި އެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.