އާއިލާއަށް ގިނަ ދަރިންތަކެއް ބޭނުންވާ ކަމަށް، މަޝްހޫރު ރިއޭލިޓީ ތަރި ކައިލީ ޖެނާ ބުނެފިއެވެ.

ޒުވާން ބިލިއަނަރު ކައިލީގެ މިހާރުވެސް ސްޓޯމީ ނަމަކަށް ކިޔާ އެއް އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ.

ފޭނުންގެ ސުވާލުތަކަށް ޖަވާބު ދެމުން ކައިލީ ބުނެފައިވަނީ އިތުރު ދަރިންތަކެއް ހޯދަން ވަރަށް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ދަރިއަކު ހޯދަން މިވަގުތު ތައްޔާރު ނޫން ކަމަށްވެސް ކައިލީ ބުންޏެވެ.

އެހެންނަމަވެސް މުސްތަގުބަލުގައި ގިނަ ދަރިންތަކެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ކައިލީ ބުންޏެވެ.

ކައިލީއަށް ދަރިއަކު ލިބިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ. ކައިލީއަށް އަންހެން ދަރިއަކު ލިބިފައިވަނީ އޭނާ އޭރު ރަށްޓެހިވެގެން އުޅުނު ޓްރެވިސް ސްކޮޓް އަށެވެ.

ކައިލީ އާއި ޓްރެވިސް އެކީގައި ގުޅިގެން އުޅުމަށްފަހު ދެމީހުން ވަނީ ދާދި ފަހުން ވަކިވެފައެވެ.

ދެމީހުން ވަކިވި ނަމަވެސް ސްޓޯމީ ބެލެހެއްޓުމުގައު ދެމީހުން އެކީގައި މަސައްކަތްކުރާނެ ކަމަށް ކައިލީ ބުންޏެވެ.