14 Oct 2019, 08:10
ބޮލީވުޑްގެ ކާމިޔާބުތަރި ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީގެ ކުރިއަށް އޮތް ފިލްމު "މޯޓީޗޫރް ޗަކްނަޗޫރް" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.
އެ ފިލްމު ނެރޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. މި ފިލްމުވެގެންދާނީ އާތިޔާގެ ތިން ވަނަ ފިލްމަށެވެ. ފިލްމު "ހީރޯ" އިން ބޮލީވުޑަށް ނުކުތް އާތިޔާ ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ.
ބޮލީވުޑްގެ ބަތަލު ނަވާޒުއްދީން ސިއްދީގު ފިރިހެން ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ޓްރެއިލާވެސް މިހާރު އާންމުކޮށްފައިވާއިރު އެ ފިލްމަކީ ފިރިހެނަކު އަނތްބަކު ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ސެބާމިތުރާ ބިސްވާލް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ އައިޓަމް ލަވައަކުން ބަތަލާ ސަނީ ލިއޯންވެސް ފެނިގެންދާނެއެވެ.
އާތިޔާ އެންމެ ފަހުން ކުޅުނީ "މުބާރަކަން"އެވެ.