13 Oct 2019, 22:41
ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލްޑް މެޑަލް ލިބުނު ޝެފަކަށް ޝިފާނާ ސައީދު ހޮވިއްޖެއެވެ.
ދަރުބާރުގޭގައި މިމަހުގެ ހަތަކުން ނުވަޔަކަށް ކުރިއަށްގެންދިޔަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ޝިފާނާ ވާދަކުރި ހަތަރު ކެޓެގަރީއިންވެސް ވަނީ ގޯލްޑް މެޑަލް ހާސިލްކޮށްފައެވެ.
އެ ކަލިނަރީ ޗެލެންޖްގައި މެލޭޝިއާއާއި ސްރީލަންކާއާއި ރާއްޖޭގެ ރިސޯޓްތަކާއި ރެސްޓޯރެންޓްތައް ބައިވެރިވިއެވެ. މިފަހަރުގެ ޗެލެންޖްގައި 600 އަށް ވުރެ ގިނަ ޝެފުން ބައިވެރިވިއިރު މިއީ މިހާތަނަށް އެންމެ ގިނަ ފަރާތްތަކުން ބައިވެރިވި ފަހަރުވެސްމެއެވެ.
ޝިފާނާ ވާދަކުރި ކެޓެގަރީތައް
ހޮޓް ކުކިން ބީފް
ހޮޓް ޕާސްޓާ އެޕެޓައިޒާ
ހޮޓް ކުކުން ފިޝް ފިލެޓް ގޯލްޑް
މޯލްޑިވިއަން ޑިޝް

ޝިފާނާ ގޯލްޑް މެޑަލްތަކާއެކު---
ހުރިހާ ކެޓެގަރީއަކުން ގޯލްޑް މެޑަލް ހޯދުމުން ޝިފާނާއަށް ބެސްޓް މޯލްޑިވިއަން ޝެފްގެ އެވޯޑާއި މޯސްޓް އައުޓްސްޑޭންޑިން އެވޯޑްވެސް ވަނީ ލިބިފައެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ޝިފާނާ މިހާރު ދަނީ ހުޅުމާލޭގައި "އޮއިޝީ- ދަ ހައުސް އޮގް ސުޝީ" ގެ ނަމުގައި ޖަަޕަނީޒް ރެސްޓޯރެންޓެއްވެސް ހިންގަމުންނެވެ.
ނިމިގެން ދިޔަ ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ ޝެޕް އައިޝަތު އައުފާއަށް ވަނީ ޔަންގް ޗެޕް ކެެޓެގަރީން ތިންވަނަވެސް ލިބިފައެވެ.