16 Nov 2011, 16:56
ނ. މިލަދޫގައި މިސްކިތެއް ޢިމާރަތްކުރުމަށް 4.2 މިލިޔަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑްއާ މިއަދު ހަވާލުކޮށްފި އެވެ.
ދިހަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެއް ބުރީގެ މި މިސްކިތަކީ 704 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ފަރުމާކޮށްފައިވަނީ ކަރަންޓް އަދި މެއިންޓެނަސް ހަރަދު ކުޑަކުރެވޭގޮތަށް ކަމަށް ހައުސިންގ މިނިސްޓުރީން ބުނެއެވެ.
މިސްކިތުގެ މަސައްކަތް ނިމޭއިރު12.5 މީޓަރުގެ މުންނާރަކާއި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް ވުލޫކުރާނެ ބައެއް ހުންނާނެ އެވެ.
މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތުގައި އެގްރިމެންޓްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވަޔަރަމަންޓް އަކްރަމް ކަމާލުއްދީނެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.