13 Oct 2019, 06:56
ޖޯން އަބްރަހަމްގެ "ބަޓްލާ ހައުސް" އެމެޒަން ޕްރައިމް އިން ސްޓްރީމްކުރަން ފަށައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 15 ދުވަހު ރިލީޒްކުރި އެ ފިލްމު ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ. ޑައިރެކްޓަރު ނިކިލް އަދުވާނީގެ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދިޔައީ މުރުނާލް ތާކޫރެވެ.
އެ ފިލްމަކީ ނޯރާ ފަތެހީގެ ވަރުގަދަ އައިޓަމް ލަވަ "އޮ ސާކީ" ހިމެނޭ ފިލްމެވެ. އެ ފިލްމަށް ވަނީ 100 ކުރޯޑަށް ވުރެ ގިނަ އާމްދަނީ ބޮކްސް އޮފީހުގައި ލިބިފަ އެވެ.