13 Oct 2019, 06:51
ޕްރަބާސް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު ސާހޯ ލީކުކޮށްލައިފި އެވެ.
ސާހޯ އަކީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެ ފިލްމު ވަނީ ޑިޒްނީގެ "ލަޔަން ކިންގް" ވައްޓާލުމަށް ބޮކްސް އޮފީހުގެ ކުރިއަށް ވަނީ އަރާފައެވެ.
ސާހޯ ލީކުކޮށްލާފައިވަނީ ޓަމިލް ރޮކާޒް ވެބްސައިޓުންނެވެ. ތަމިލް ރޮކާޒް އަކީ ފަހަކަށް އައިސް ބޮލީވުޑްގައި ރިލީޒްކުރާ ހުރިހާ ފިލްމެއްވެސް ލީކުކުރަމުން އަންނަ ވެބްސައިޓެކެވެ.
އެ ވެބްސައިޓަށް އެކި ފަހަރު މަތިން ފިޔަވަޅު އެޅި ނަމަވެސް ފިލްމު ލީކުކުރުން އަދި އަދަށް ވެސް އެ މީހުން ހުއްޓާފައެއްނުވެ އެވެ.
އެ ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ އޯގަސްޓް 30 ގައެވެ. އެ ފިލްމަށް ވަނީ 400 ކުރޯޑަށް ވުރެ ގިނަ އާމްދަނީ އެއް ލިބިފައެވެ. ސާހޯ އަކީ ތިން މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި އެކްޝަން ފިލްމެވެ.