ދާދިފަހުން ކެންސަރަށް ފަރުވާ ހޯދި ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ 44، ފިލްމީ މަސައްކަތްތަކަށް ނުކުތުމަށް ތައްޔާރުކަމަށް އޭނާ ބުނެފިއެވެ.

ބޭރުގެ މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި ސޮނާލީ ބުނީ ފިލްމީ މަސައްކަތްތައްކުރުމަށް މިހާރު ތައްޔާރުކަމަށާއި މިހާރު ގިނަ ފަރުވާތަކެއް ކުރުމަށްފަހު ކެންސަރު ބަލިން އެއްކޮށް ސަލާމަތްވެފައިވާ ކަމަށެވެ.

އަދި އެނބުރި މަސައްކަތްކުރުމަށް ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ. ސޮނާލީ ބުނީ ލިބޭ ކޮންމެ ކޮންމެ ރޯލެއް ކުޅެން އެއްބަސްނުވާނެ ކަމަށާއި ފައިސާއަށް އިސްކަން ދިނުމެއް ނޯންނާނެ ކަމަށެވެ.

"ކުޅޭ ހިތްވާ ކަހަލަ ސްކްރިޕްޓެއް ފެނިއްޖެނަމަ ވަގުތުން އާނ ބަސް ބުނާނަން،"

ސޮނާލީ ބުނީ އޭނާ ކުރިންވެސް މަސައްކަތްކުރި ޓީވީ ޝޯތަކުގައިވެސް މަސައްކަތްކުރުމަށް އެދޭ ކަމަށެވެ. އަދި ފުރުސަތު ލިބޭ ވަރަކުން ޓީވީ ޝޯތަކުގައިވެސް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބޮލީވުޑަށް ނުކުތީ 1994 ވަނަ އަހަރު ނުކުތް ފިލްމު "އާގް" އިންނެވެ. ސޮނާލީ އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑް ފަތަހަކުރި ބަތަލާއެކެވެ.