މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް މާބަނޑު މީހަކު ހާލުދެރަވުމާ ގުޅިގެން އެމްއެންޑީއެފުން އޭނާ މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ އަންހެން މީހާ މާލެ ގެނެސްފައި ވަނީ އޭނާ މާލެ ގެނައުމަށް މުލީ ހޮސްޕިޓަލުން ލޯންޗެއް ހޯދަން ކުރި މަސައްކަތުން ލޯންޗެއް ނުލިބިގެން އެ ހޮސްޕިޓަލުން ކޯސްޓްގާޑަށް ގުޅައި އެދުމުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ އަންހެން މީހާ މާލެ ގެނެސްފައި ވަނީ އެމްއެންޑީއެފްގެ ޓްރާންސްޕޯޓް ސަވިސް އިން ސާކް ސަމިޓުގެ ބޭނުންތަކަށް ދަތުރުކުރަމުން ދިޔަ ގަލްފު ކްރާފްޓް ލޯންޗެއްގައި ކަމަށެވެ. އަދި އެ ރަށަށް ދަތުރުކޮށް އޭނާ މާލެ ގެނެސްފައި ވަނީ ރޭ ފަތިހު 5:45 އެހާކަންހާއިރު ކަމަށާއި މާލެ ގެނައުމަށް ފަހު އެމްއެންޑީއެފް މެޑިކަލް ސަވިސްގެ ބެލުމުގެ ދަށުން އޭނާ އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.