ފިލްމު ސަތުޔާމެވާ ޖަޔާތޭގެ ލަވަ "ދިލްބަރު"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ނޯރާ ފަތެހީގެ އާ ވީޑިއޯ ލަވަ އެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

ލަވައިގެ ޓީޒާ ބެލުންތެރިންނަށް މިހާރު ދޫކޮށްލާފައިވާއިރު ނޯރާގެ އާ ލަވައަކީ ވެސް ހިންދީ މަޝްހޫރު ލަވައެއްގެ ރީމޭކެކެވެ. އެއީ ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދި 'ޕިޔާރް ދޯ، ޕިލާރު ލޯ' އެވެ. އެ ލަވައިގެ ރީމޭކް ހިމަނާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ސިދާތް މަލްހަތްރާ އާއި ތާރާ ސުތައިރާގެ ފިލްމު މަރްޖާވާން އިންނެވެ.

ލަވައިގެ ޓީޒާ މިހާރު ދޫކޮށްލާފައިވާއިރު އެ ޓީޒާއަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ނޯރާގެ ވީޑިއޯ ލަވަތައް ބޮލީވުޑްގައި "ރަނިކަން ކުރަމުން" އަންނައިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޕެޕެޓަ" އިންނެވެ. އަދި އޭނާ ވަނީ ވިކީ ކޯޝަލްއާ އެކު "ޕަޗްތާއޯގޭ" އިންވެސް ފެނިގެން ގޮއްސައެވެ، އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު ނޯރާގެ "އޮ ސާކީ ސާކީ"ވެސް ވަނީ ބޮޑު ހިޓަކަށްވެފައެވެ.

"އޯ ސާކީ ސާކީ"ގެ އިތުރުން "ދިލްބަރު"އަކީވެސް ކުރީގެ ދެ ލަވައެއްގެ ރީމޭކުތަކެކެވެ.