10 Oct 2019, 10:22
ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން"ގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
ސީޒަން ބުނީ ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓުވެސް އަދި އެހެނިހެން ޝޯތަކުގެ ޓިކެޓުވެސް ވިއްކާނީ 100 ރުފިޔާއަށް ކަމަށެވެ.
"އަނދިރިކަން"ގެ 10 ޝޯ އެއް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ފިލްމަކީ މި އަހަރު ސިނަމާ އަށް އަންނަ 10 ވަނަ ފިލްމެވެ. ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އަދި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.
"އުންމީދުކުރަނީ ވީހާވެސް ގިނަ ބެލުންތެރިންނެއް މި ފިލްމު ބަލަން ވަނުން. މި ފިލްމަކީ ރާއްޖޭގެ މުޖުތަމައުއާ ގުޅޭ ފިލްމެއް،"
ފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށްފަހު އަތޮޅުތެރޭގައި ވެސް ފިލްމު ދައްކާނެއެވެ.