ކުރީގެ އާސެނަލް އަދި ވިލަރެއަލް އަށް ކުޅުނު ރޮބާޓް ޕިރޭސް އަށް އިނގިރޭސި ޗެމްޕިއަންޝިޕަށް ކުޅޭ ޑޮންކަސްޓާ ރޮވާސް އިން ހުށަހެޅި ހުށަހެޅުން ދޫކޮށްލައިފި އެވެ.

އުމުރުން 38 އަހަރުގެ ޕިރޭސް މިހާރު އެއްވެސް ކުޅެމަކުން ނުދެއެވެ. މިދިޔަ ސީޒަންގައި އެސްޓަން ވިލާ އަށް ކުޅުމަށް ފަހު ފުޓުބޯޅަ މައިދާނުން ފެނިފައި ނުވާ ޕިރޭސް އަށް ޑޮންކަސްޓާ ގެ ކޯޗު ޑީން ސޯންޑާސް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެހުށަހެޅުން ޕިރޭސް ގަބޫލު ކޮށްފައެއް ނުވެއެވެ.

"ޑޮންކާސްޓާ ގެ މީހުން އަހަރެންނާއި ގުޅާ ވާހަކަ ދެއްކި. އެމީހުންނަށް އެހީތެރި ވެވިދާނެ ކަމަށް އެކުލަބުން ގަބޫލުކުރި ކުރުމާމެދު އުފާކުރަން. ނަމަވެސް އެކުލަބަށް ކުޅުމަކީ އަހަރެންގެ ރޭވުމުގައި ވާ ކަމެއް ނޫން." ޕިރޭސްގެ ޓުވިޓާ އެކައުންޓުގައި ޝާޢިރު ކޮށްފައި ވެއެވެ.

ފްރާންސްގެ މިޑްފީލްޑަރު ޕިރޭސް ފެނިގެންދިއުމާއި އެންމެ ގާތީ އެމެރިކާ ލީގުން ކަމަށް ވެސް ދާދި ފަހުން މީޑިޔާގައި ވާހަކަ ދެކެވެމުން ދިޔައެވެ. ރަޝިޔާ ނޫނީ ގަތަރުގެ ޓީމަކުން ވެސް ޕިރޭސް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބެލެވެއެވެ.