އަޑުފޮއްޓާ ނޭވާލާ އަދި ކާއެއްޗެތީގެ ހޮޅި ސަރަހައްދުގެ އާ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށްކޮށްފިއެވެ.

އެ އޮޕަރޭޝަންކޮށްފައިވަނީ އައިޖީއެމްއެޗްގައި މީގެ ހަ ދުވަސްކުރިންނެވެ.

އެ އޮޕަރޭޝަންގައި އިސްކޮށްއުޅުއްވި ދިވެހި ސާޖަން ޑރ. މުހައްމަދު ޝިފާން "ސަން" އަށް މިއަދު ވިދާޅުވީ އޮޕަރޭޝަން ކުރީ 50 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ތައިރޮއިޑް އިންނަ ދިމާލުގައި އިންނަ އަޑުފޮއްޓާއި ނޭވާލާ ހޮޅިން ބައެއް ނެގީ އެ ސަރަހައްދުގައި ޓިއުމަރެއް އިންނާތީ. ނަގާފަ ހަށިގަނޑުގެ އެކި ބައިތަކުން މަސްނަގައިގެން އަތަން އަލުން ރިކޮންސްޓްރަކްޓްކުރީ. މިހާރު ކެންސަރު ހުރި ހުރިހާ ބައެއްވާނީ ނަގައިފައި،" ޑރ. ޝިފާން ވިދާޅުވިއެވެ.

ޑރ. ޝިފާން ވިދާޅުވީ އެ އޮޕަރޭޝަންގައި ގިނައިން ހަަރަކާތްތެރިވީ ދިވެހި ޑޮކްޓަރުން ކަމަށެވެ.