16 Nov 2011, 10:37
އިނގިރޭސި ވިލާތުގެ ކްލަބް ބްލެކްބާން ރޮވާސް ވިއްކާލުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް އެ ކްލަބުގެ ވެރިއެއް ކަމަށްވާ އިންޑިޔާގެ ރާއޯ ބުނެފި އެވެ. އިންޑިޔާގެ ވެރިންތަކެއް ބްލެކްބާން ގަތްތާ އަދި ވެފައިވަނީ އެންމެ އަހަރެކެވެ.
މެދު އިރު މަތީގެ ތެޔޮ ކުންފުންޏަކުން ވެސް ބްލެކްބާން ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބިޑު ކޮށްފައި ވެއެވެ. ނަމަވެސް ކުލަބާއި ހަވާލުވި އިންޑިޔާގެ ވެރިންގެ ނާކާމިޔާބީ އެއް އަހަރަށް ފަހު ކުލަބު ދޫކޮށްލުމުގެ ޚިޔާލެއް ނެތްކަމަށް ބުނަމުން ދެއެވެ.
"ބްލެކްބާން ވިއްކާލުމުގެ އެއްވެސް ޝައުގެއް ނެތް" ލެންކަންޝިޔާ ޓެލެގްރާފް އަށް ދިން އިންޓަވިއުއެއް ގައި ބްލެކްބާންގެ ވެރިއެއް ކަމަށްވާ ރާއޯ ބުންޏެވެ.
އެއް އަހަރު ފުރުމުގެ މުނާސަބަތު ބްލެކްބާންގެ އިންޑިޔާ ވެރިން ފާހަގަ ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިސީޒަނުގައި ބްލެކްބާން ގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވާތީ އެކުލަބަށް ވަނީ ގިނަ ފާޑު ކިޔުންތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ހަ ޕޮއިންޓާއެކު ބްލެކްބާން އޮތީ ޕްރެމިއާ ލީގުގެ އެންމެ ފުލުން ފުލުން ދެވަނާގަ އެވެ. ކޯޗް ސްޓީވް ކީން ގެ އިސްތިއުފާ އަށް ގޮވަމުންދާ ބްލެކްބާންގެ ސަޕޯޓާރުން، އެކުލަބުގެ ވެރިންނާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުން ވެސް ގާތެވެ.