07 Oct 2019, 15:39
ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓުނު ތުއްތު ފިރިހެން ކުއްޖާ މިހާރު ކުޑަކޮށް ހަރަކާތްކުުރާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.
ދެ އަހަރުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުއްތު ކުއްޖާ މަޑުމަޑުން ކޮންމެވެސް ވަރަަކަށް ހަރަކާތް ކުރާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ނަމަވެސް އެ ތުއްތު ކުއްޖާގެ ހާލަތާ ގުޅޭގޮތުން އަދި އިތުރު މައުލޫމާތު އައިޖީއެމްއެޗުން ނުދެ އެވެ.
ތުއްތު ކުއްޖާ ފެންގަނޑުން ނަގައިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް އެވެ. އޭނާއަށް އިތުުރު ފަރުވާ ދިނުމަށް މާލެ ގެނެއުމަށް ފަހު މިހާތަަނަށްވެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގަ އެވެ.