ސޮނީ އެންޓަޓެއިންމަންޓުން ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ރިއަލިޓީ ޝޯ ސުޕަސްޓާ ސިންގާގެ އެއްވަނަ ޕްރިތީ ބުއްޓާޗާރްޖީ ކާމިޔާބުކޮށްފިއެވެ.

އޭނާ އެއްވަނަ ހޯދީ ގްރޭންޑް ފިނާލޭގައި ހަ ކޮންޓެސްޓުންނާ ވާދަކޮށްގެންނެވެ. އުމުރުން ނުވަ އަހަރުގެ ޕްރިތީ އަށް އެއްވަނަ ލިބުމާ ގުޅިގެން އޭނާއަށް ވަނީ ޓްރޮފީ އާއި 15 ލައްކަ ރުޕީސްގެ ޗެކެއް ލިބިފައެވެ.

ބާކީ ތިބި ކޮންޓެސްޓުންނަށް ވަނީ އެޑިއުކޭޝަނަލް ފަންޑުގެ ގޮތުގައި ދެ ލައްކަ ރުޕީސް ލިބިފައެވެ.

ޝޯ ކާމިޔާބުކުރުމަށްފަހު ޕްރިތީ ބުނީ ނަން ގޮވުމުން އޭނާ އަށް ގަބޫލުކުރަންވެސް ދަތިވި ކަމަށާއި ޝޯ އިން އެއްވަނަ އަށް ދިޔުމުންް އޭނާގެ މާމަ ވެސް ރުއިކަމަށެވެ. އަދި އޭނާގެ އުފަން ރަށުން އޭނާ އަށް ހޫނު މަރުހަބާ އެއް ކިޔާނެ ކަމަށާއި އެންމެން އުފާކޮށްދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޕްރިތީ ބުނީ ނިތިން ކުމާރު {އޭނާގެ ކޯޗު} ގެ ސަބަބުން ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ ކަމަށާއި ކާމިޔާބާ ހަމައަށް ވާސިލްވި ސަބަބަކީ ކޯޗު ކަމަށެވެ.