07 Oct 2019, 07:38
މަޝްހޫރު ރިއޭލިޓީ ތަރި ކައިލީ ޖެނާ ޗީޓް ނުކުރާކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް ބުނެފިއެވެ.
ކައިލީ އާއި ޓްރެވިސް ރުޅިވިކަން ކައިލީ ވަނީ އޭނާގެ އިންސްޓަގްރާމްގައި މީގެ ފަސް ދުވަހެއްހާ ކުރިން ހިއްސާކޮށްފައެވެ. އެކަމާ ގުޅިގެން އަޑުފެތުރެމުންދިޔައީ ކައިލީ، ޓްރެވިސް އާ ރުޅިވީ އޭނާ ކައިލީ އަށް ޗީޓްކޮށްގެން ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޓްރެވިސް ބުނީ އެއީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި މީހުން ބޭކާރުގޮތުގައި ވާހަކަ ހަދަނީ ކަމަށެވެ. އަދި ސޯޝަލް މީޑިއާ ގުޑުން އަރުވާލާނެ ވާހަކައެއް މީހުން ފަތުރަނީކަމަށެވެ.
އަދި ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ދިރިއުޅުމަށް އަސަރުކުރާކަމަށްވެސް އޭނާ ބުންޏެވެ.
ޓްރެވިސް ބުނީ މި ވަގުތު އޭނާ ބޮޑަށް އިސްކަންދެނީ މިއުޒިކަށާއި އާއިލާއަށް ކަމަށެވެ. ޓްރެވިސް އާއި ކައިލީ ރުޅިވިއިރު އެދެމީހުންގެ އަހަރުވީ ދަރިއަކު ހުރެއެވެ.
ޓްރެވިސްއާ އޮތް ގުޅުމާ ބެހޭގޮތުން އޭނާ ކައިލީ ކުރިން ބުނީ އެ ގުޅުން ރަނގަޅުކަމަށާއި ދެމީހުންގެ މައިގަނޑު އަމާޒަކީ ދަރިފުޅު ސްޓޯމީ ރަނގަޅަށް ތަރުބިއްޔަތުކުރުންކަމަށެވެ.
އުމުރުން 22 އަހަރުގެ ކައިލީ އާއި 28 އަހަރުގެ ޓްރެވިސް ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުއެވެ.