05 Oct 2019, 19:11
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
ޑިފެންސް މިނިސްޓްރީއިން ބުނީި ގޮތުގައި މިނިސްޓަރު މާރިޔާ ދުބާއީއަށް ފުރާވަޑައިގަތީ އެ ސިޓީގައި ބާއްވާ "ޖިޓެކްސް ޓެކްނޮލިޖީ ވީކް" އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ އެކްސްޕޯގައި ސެކިއުރިޓީއާއި، ތައުލީމު އަދި ޓެކްނޮލޮޖީއާ ބެހޭގޮތުން މާރިޔާ ވާހަކަފުޅު ދައްކަވާނެ ކަމަށް ޑިފެންސް މިިނިސްޓްރީއިން ބުންނެވެ.
ޖިޓެކްސް ޓެކްނޮލޮޖީ ވީކަކީ ދުބާއީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލިޖީ އެކްސްޕޯއެވެ. އެ އެކްސްޕޯގައި މި އަހަރު 140އަށް ވުރެ ގިނަ ގައުމުން 4500އަށް ވުރެ އެގްޒިބިޓު ދައްކާލާނެ އެވެ.
ޖިޓެކްސް ޓެކްނޮލޮޖީ ވީކް އެކްސްޕޯ ކުރިއަށް ދާނީ މާދަމާއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.