ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާކުރި މައްސަލައެއްގައި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މިއަދު ހެނދުނު 8:20 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރެވެނީ 18 އަހަރުން ދަށުގެ ކުދިންތަކެއްގެ އިތުރުން 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތެވެ.

މައްސަލައިގެ ތުހުމަތުގައި ހިފަހައްޓާފައިވަނީ 46 އަހަރުގެ ދެކުނު އެފްރިކާ ފިރިހެނެކެވެ. އަދި އޭނާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން އެވެ. އޭނާއަކީ ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ ރައްޔިތެކެވެ.

ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.