ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން އަދި ދެމަފިރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ރާޔަން ރޭނޮލްޑްސްއަށް ތިންވަނަ ދަރިއަކު ލިބިއްޖެއެވެ.

ބްލޭކްއާއި ރާޔަންއަށް ތިންވަނަ ދަރިއަކު ލިބިފައިވާއިރު ދަރިފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބްލޭކްއަށް ތިންވަނަ ދަރިއަކު ލިބުނު އިރު ބަނޑުބޮޑުވުމަށްފަހު އޭނާ އުޅުނީ މީޑިއާ އާ ދުރުގައެވެ.

އޭނާ ތިންވަނަ ދަރިއަކަށް ބަނޑުބޮޑުވެ އިންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވަނީ މި އަހަރުގެ މެއި މަހުގައެވެ. ނަމަވެސް އެއަށްފަހު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އާއިލާއަށް އަލަށް މަރުހަބާ ކިޔާފައިވާ މެމްބަރުގެ އިތުރުން ބްލޭކްއާއި ރާޔަންގެ އާއިލާގައި ހިމެނެނީ ހަތަރު އަހަރުގެ ޖޭމްސް އާއި ދެ އަހަރުގެ އިނޭޒްއެވެ.

ބްލޭކްވަނީ ގިނަ މެމްބަރުންގެ ބޮޑު އާއިލާއެއް ބޭނުންވާ ކަމަށް މީގެކުރީން ބުނެފައެވެ. އެގޮތުން ގިނަ ދަރިން ހޯދަން ބޭނުންވާ ކަމަށް ބްލޭކް ފާހަގަކުރިއެވެ.

ރާޔަންއާއި ބްލޭކް ކައިވެނިކުރީ 2012 ވަނަ އަހަރުގައެވެ.