05 Oct 2019, 09:37
މަޝްހޫރު ރިއޭލިޓީ ތަރި ކައިލީ ޖެނާއާ އޭނާގެ ކުރީގެ ލޯބިވެރިޔާ، ލަވަކިޔުންތެރިޔާ ޓައިގާއާ އަލުން ލޯބީގެ ގޮތުން އުޅޭ ކަމަށް ދާދި ފަހުން ވަނީ ވާހަކަތަކެއް ދެކެވެން ފަށާފައެވެ. އެކަމާ ގުޅިގެން ތަފާތު ވާހަކަތަކެއް ދެކެވޭތީ އެންމެ ފަހުން ކައިލީގެ ރުޅިގަނޑު ގަދަވެއްޖެއެވެ.
ކައިލީއާއި އޭނާގެ ދަރިފުޅު ސްޓޯމީގެ ބައްޕަ، ޓްރެވިސް ސްކޮޓް އާ ދެމީހުން ރުޅި ވެގެން އުޅޭ ކަމަށް ވާހަކަ ފެތުރިފައި ވަނީ ދާދި ފަހުންނެވެ. އެއާއެކު ދެކެވެން ފެށީ ކައިލީ، ޓްރެވިސްއަށް ބޭވަފާތެރިވި ވާހަކައެވެ. އަދި ޓްރެވިސްއަށް އޮޅުވާލައިގެން ޓައިގާއާއެކު ކައިލީ އުޅޭތީ ދެމީހުން ރުޅިވީ ކަމަށްވެސް ވާހަކަ ދެކެވެން ފެށިއެވެ.
މި ހުރިހާ ކަމެއް ފެށުނީ މިދިޔަ ހަފްތާގެ ތެރޭގައި ކައިލީ ސްޓޫޑިއޯއަކަށް ދިޔައިރު އެތަނުގައި ޓައިގާއިން ވާހަކައާއެކުގައެވެ. އިންޓަނެޓުގައި ވާހަކަ ދެކެވެން ފެށީ ތަފާތުކޮށެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ކައިލީ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޓަނެޓަކީ ކޮންމެ ކަމެއްވެސް 100 ގުނައަށް "ޑްރާމާ ކުރާ" ތަނެއް ކަމަށެވެ. އަދި އޭނާ ޓައިގާއާ ބައްދަލުކުރަން ނުދާކަމަށާއި، އޭނާގެ ރަހުމަތްތެރި ބަޔަކު ސްޓޫޑިއޯއަކަށް ލާން ދިޔަ އިރު އެތަނުގައި ޓައިގާ ހުރީ ކަމަށް ކައިލީ ބުންޏެވެ.
އަދި ޓްރެވިސްއާ އޮތް ގުޅުމާ ބެހޭގޮތުން އޭނާ ބުނީ އެ ގުޅުން ރަނގަޅުކަމަށާއި ދެމީހުންގެ މައިގަނޑު އަމާޒަކީ ދަރިފުޅު ސްޓޯމީ ރަނގަޅަށް ތަރުބިއްޔަތުކުރުންކަމަށެވެ.