04 Oct 2019, 20:17
އާސަހަރާގައި މަހާނައެއްގެ ތެރޭ ސިހުރެއް ވަޅުލާފައި އޮތް ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސިހުރެއް ކަމަށް ބުނާ އެތި ފެނުނު މީހާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިހުރު ފެނުނީ މިއަދު ހުކުރު ނަމާދަށް ފަހު އާއިލާ މީހެއްގެ މަހާނައަށް ޒިޔާރަތް ކުރި އިރު، ފަސްގަނޑު ހާވާފައި ހުރުމުން ބެލި އިރު ކަމަށެވެ.
ޖަމާއަތްތެރިއެއްގެ ގާތުގައި ބުނެގެން ކުޑަކޮށް ކޮނެލި އިރު ސިހުރު ފެނުނީ ސަންދޯކަކަށް ލުމަށްފަހު، ކަފަ އަޅާ ބަނދެފައި އޮއްވާ ކަމަށް އޭނާ ބުންޏެވެ.
އާސަހަރާއިން ފެނުނު ސިހުރެއް ކަމަށް ބުނާ އެތި -- ފޮޓޯ: އަހްމަދު މުނައްވަރު (ފޭސްބުކް)
ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އޯގަސްޓް މަހު މާފަންނު ސަހަރާގައި ސިހުރު ހަދާފައި ގާކޮޅުތަކެއް ވަޅުލާފައި ހުރި ކަމަށް ބުނެ، އެ ގާކޮޅުތައް ނެގި ބަޔަކު ވަނީ ހުއްޓުވައިފައެވެ.