ވެމްކޯގެ ކުނި އުފުލާ ލޮރީއެއްގައި ހުނި ކުނިތަކެއްގައި ރޯވެ މިއަދު އަލިފާނުގެ ހާދިސާއެއްގެ ހިނގައިފިއެވެ.

ފުލުހުން ބުނީ އެޕޯލޯ ހާޑުވެއާ ކުރިމަތީ އޮތް ވެމްކޯގެ ވެހިކަލެއްގެ ތެރެއިން ދުން އަރާކަމުގެ މައުލޫމާތު މިއަދު 16:51 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ރޯވެފައި ވަނީ ކުނި ލޮރީގެ ތެރޭގައި ހުރި ކުނިތަކެއްގައި ކަމަށާއި ފުލުހުން ސީން އަށް ދިޔައިރު ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިއަދު 16:55 ހާއިރު އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި އޮތް ބައުޒަރެއްގެ ސައިލެންސަރުން ދުން އަރައިގެން ވެސް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ފުލުހުން ބުނީ އެ މައުލޫމާތު އެމްއެންޑީއެފް އާ ހިއްސާކޮށްފައިވާ ކަމަށާއި، މިހާރު ސައިލެންސަރުން ދުން އެރުން ހުއްޓުވާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.