20:15


ޔޫރަޕިއަންސް ޗެމްޕިއަން ޓީމު ކަމަށްވާ ސްޕެއިން އެކެއް ސުމަކުން ބަލިކޮށް، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ގެނުވި އެންމެ ބޮޑު ހައިރާންކަން މިރޭ ސްވިޒަލެންޑް ގެނެސްފި އެވެ.


ގެލްސަން ފެނާންޑެސް 52 ވަނަ މިނިޓުގައި ޖެހި ލަނޑުން ސްވިޒަލެންޑު ކުރި ހޯދި ނަމަވެސް، އެންމެ ކުޑަ މިނުން ހަމަހަމަ ކުރެވޭތޯ ސްޕެއިން ކުރި މަސައްކަތް ވަގުތު ހަމަވި އިރު ވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.


މި ކާމިޔާބާ އެކު ގްރޫޕު އެޗުގައި ސްވިޒަލެންޑް އެއް ވަނަ ހިއްސާކުރަނީ މިއަދު ހަވީރުގެ މެޗުން ހޮންޑިއުރާސްގެ މައްޗަށް އެކެއް ސުމެއްގެ ކާމިޔާބެއް ހޯދި ޗިލީއާ އެއް ހަމައެއްގައި އޮވެގެންނެވެ.