އުރީދޫގެ ކަލާ ރަން އަންނަ ނޮވެމްބަރު މަހު ހުޅުމާލޭގައި ބާއްވަން އިއުލާނުކޮށް، އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީގައިވެސް ކަލާ ރަން ބޭއްވިއެވެ.

އުރީދޫއިން ބުނި ގޮތުގައި މި އަހަރުގެ ކަލާ ރަން ހުޅުމާލޭގައި ބާއްވަނީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.

އެ ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ "މޫލީ" މެދުވެރިކޮށް، "މައި އުރީދޫ އެޕް"ގައެވެ. އެގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރކޮށްދިނުމަށްވެސް އުރީދޫއިން ވަނީ ނިންމައިފައެވެ.

ދުވުމުގެ އިތުރުން އެދުވަހުގެ ހެނދުނު ގުޑި މަހާސަމާ (ކައިޓް ފެސްޓިވަލް)އަކާއި ރޭގަނޑު މިއުޒިކް ޝޯއެއްވެސް ބާއްވަން އުރީދޫއިން ވަނީ ނިންމައިފައެވެ.

އުރީދޫ ކަލާ ރަންއަށް ރަޖިސްޓަރު ކުރާނެ ގޮތް:

  • http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކުރަށްވާ. ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަމްބަރެއް ބޭނުންކޮށްގެންވެސް މި އެޕަށް ލޮގިން ކުރެވޭނެ.
  • "ޝޮޕް ނައު"އަށް ފިއްތަވާ.
  • ބޭނުންވެލައްވާ އުރީދޫ ކަލާ ރަން ކިޓް، އަދި ސައިޒް ޗާޓާއި އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ޙިޔާރުކުރެއްވުމަށް ފަހު، "ބައި ނައު" އަށް ފިއްތަވާ.
  • މޫލީގެ ކާޓް ޚިޔާރުކުރެއްވުމަށް ފަހު، ޗެކްއައުޓް ކުރައްވާ. ރަޖިސްޓަރުވުމުން އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ މައުލޫމާތު ލިބޭނެ.

އުރީދޫ ކަލާ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވުމަށް ވަނީ ނިންމައިފައެވެ.

ކުރީގެ އަހަރުތަކާއި އެއްފަދައިން، އުރީދޫ ކަލާ ރަންގެ އިވެންޓް ޕާޓްނަރަކީ ޔުނިކްސް ސްޕޯޓިންގްއެވެ.