ގުޅީ ފަޅުން ފްލެޓް ގަތް ފަރާތްތަކަސް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކީ، މި ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅިވެއްޖެ އެވެ.

ފަޅު މަޝްރޫއު" ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުު ކުރެއްވުމުގައި، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ބައްދަލުވުމުގައި ފުލެޓް ގަތް ފަރާތްތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީޥެ، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތައް ރައީސް ސޯލިހާ އެ ފާރާތްތަކުން ހިއްސާ ކުިރއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި މައްސަލައށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ކޮށްދެވޭނެ ކަންތައްތައް ބައްލަވާދެއްވާނެ ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވެންދެން މީގެ ފަހުން މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްހެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރާއި، ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި، ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ.