03 Oct 2019, 20:49
އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ގދ. ތިނަދޫއިން ހައްޔަރުކުރި މީހާއަށް ދަނީ ކައުންސެލިން ދެމުން ކަމަށް ފުލުހުން ބުނެފިއެވެ.
ދީނާ ފުރައްސާރަކުރި މައްސަލައެއްގައި ތިނަދުއިން 38 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރީންނެވެ. އެމީހާ ވަނީ ދީނާ ހިލާފު ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެމީހާއަށް ކައުންސެލިން ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާއަށް ކައުންސެލިން ދެނީ އިސްލާމިކް މިނިސްޓްރީން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއްވެސް ހަދާނެ ކަމަށެވެ.
ތިނަދޫއިން ހައްޔަރުކޮށްފައިވާ މީހާއަކީ އެރަށަށް ވަރަށް ފަހުން ބަދަލުވި މީހެކެވެ.