މީހުން ދިރިއުޅޭ ގޭބިސީތައްް ސަރުކާރުން ދޭންފަށައިފައިވާ ލެޑްބޮކިތައް އަނެއްކާވެސް ބަހަން ފަށައިފިއެވެ.

ސްޓެލްކޯގެ އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ މުހައްމަދު ވަހީދު ވިދާޅުވީ މިހާރު ހަވާލުކުރަން ފަށައިފައިވަނީ ކުރިން ލެޑްބޮކި ހަވާލުނުކުރާ ގޭބިސީތަކަށް ކަމަށެވެ.

"ބޮކި ހަވާލުކުރުމުގައި އަޅުގަނޑުމެން މި ބަލަނީ އާންމުން ދިރިއުޅޭ ގޭގެއަށް. ބިޒިނަސް ނުވަތަ ސަރުކާރު ކުންފުނިތަަކަށް ބޮކި ދުލެއް ނުކުރޭ. އެހެންނަމަވެސް އާންމުން ދިރިއުޅޭ ގޭބިސީތަކަށް މި ދޫކުރަނީ އާންމުން ދޫކުރަނީ ބޭނުންކުރާ ކޮންމެ މީޓަރަކަށް ދެ ބޮކި،" ވަހީދު ވިދާޅުއެވެ.

ހުރިހާ ބޮކިތަކެއް ހުސްވަންދެން އެ ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ލެޑް ލައިޓް ބޭނުންކުރުމުން އާންމުކޮށް ބޭނުންކުރާ ބޮކިތަކަށް ވުރެ ކަރަންޓް އަގުހެޔޮވެގެން ދާނެ ކަމަށެވެ.

އެ ބޮކިތައް ބެހުމަށްޓަކައި ސްޓެލްކޯގެ މައި އޮފީސްގެ ކުރިމަތީގައި މިހާރު ވަނީ ސްޓޯލެއްވެސް ބަހައްޓައިފައެވެ.

ވަހީދު ވިދާޅުވީ ބޮކިތަކާ ހަވާލުވާން އަންނައިރު ކަރަންޓް ބިލް ގެނައުމުން ބޮކިތައް ގޭބިސީތަކަށް ދޫކުރާނެ ކަމަށެވެ.