ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް މަގުބޫލު އުނޯ ކާޑު ގޭމުގެ ބްރެއިލް ވާޝަންއެއް ނެރެފި އެވެ.

ލޯފަން މީހުންނާއި ފެނުމުގައި މައްސަލަތައް ހުންނަ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް އުނޯ އުފައްދާ މެޓެލް ކުންފުނިން ބްރެއިލް ވާޝަންއެއް ނެރުނީ އެމެރިކާގެ ނެޝަނަލް ފެޑެރޭޝަން އޮފް ދަ ބްލައިންޑް (އެންއެފްބީ)އާ ގުޅިގެންނެވެ.

އުނޯގެ ބްރެއިލް ވާޝަންގައި އޭގެ ފޮށްޓާއި ކާޑުތަކުގައި ބްރެއިލް އިން ލިޔެފައި ހުރެ އެވެ. އަދި އިރުޝާދުތައްވެސް ހުންނަނީ ބްރެއިލްއިންނެވެ. އެގޭމު ކުޅޭ އިރު ކޮންމެ މީހަކުވެސް އެމީހަކު ބޭނުން ކުރާ ކާޑަކީ ކޮން ކުލައެއްގެ ކިހިނެއްވާ ކާޑެއްކަން ބުނެދޭނެ އެވެ.

މިދިޔަ އަންގާރަ ދުވަހު ބްރެއިލް އުނޯ ނެރުނީ އެމެރިކާގެ ރީޓެއިލް ކުންފުނި ޓާގެޓުގެ ވެބްސައިޓުން ޕްރީއޯޑާ ކުރާ ގޮތަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރު އެކުންފުނިން ވަނީ ކަލާ ބްލައިންޑް މީހުންނަށް ހާއްސަކޮށް އުނޯ ކަލާއެޑް ކިޔާ ވާޝަންއެއް ވެސް ނެރެފަ އެވެ.