03 Oct 2019, 10:07
ނ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ދިގުރަށުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު، ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެ މަރުވެއްޖެ އެވެ.
އިއްޔެ ހިނގި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 25 އަހަރުގެ ބިދޭސީއެކެވެ.
ފުލުހުން ބުނީ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ނ. މަނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 6:20 ހާއިރު ކަމަށެވެ.
މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން، ބިދޭސީ މީހާއަށް އަނިޔާވެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ސަން އަށް އެނގިފައިވާ ގޮތުގައި ނ.ދިގުރަށުގައި ރިސޯޓް ތަރައްގީ ކުރުމުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަނީ، ޓާންކީ ޕްރޮޖެކްޓެއްގެ ގޮތުގައި ޗައިނާގެ ސީ.ސީ.ސީ ކުންފުނިންނެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.