ބޮލީވުޑް އެކްޓަރު ސަންޖޭ ކަޕޫރަށް އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް ދީފި އެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސް އިން ސަންޖޭ އަށް ދިނީ "މޯސްޓް އިންޕަޔަރިން އިންޑިއަން ބޮލީވުޑް އެކްޓާ" ގެ އެވޯޑެވެ. އަދި އެވޯޑާއެކު އޭނާ އަށް ވަނީ ހާއްސަ ލިޔުމެއް ވެސް ދީފަ އެވެ.

ސަންޖޭ ބުނީ އެފަދަ އެވޯޑެއް ބޭރުގެ ގައުމެއްގެ ފަރާތުން ލިބުމަކީ އޭނާ އަށް ލިބޭ ހާއްސަ ޝަރަފެއް ކަމަށެވެ. އަދި އެވޯޑު ލިބުމުން ވަރަށް އުފާވާ ކަމަށާއި ހިންދީ ސިނަމާއަށް އަބަދުވެސް މަސައްކަތްކޮށްދޭނެ ކަމަށެވެ. އަދި އެފަދަ އެވޯޑެއް ލިބުމުން ހިއްވަރު އިތުރަށް އާ ވާ ކަމަށްވެސް އޭނާ ބުންޏެވެ.

ސަންޖޭ އެކްޓިން އަށް ނުކުތީ 1995 ގެ "ޕްރޭމް" އިންނެވެ.