އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން މިހާރު ކުރަމުންދާ މަސައްކަތް ތަކަކީ ބަޣާވާތްކުރުން ކަމަށް އެމަނިކުފާނު ސިފަކުރައްވައިފަ އެވެ.

ޓްރަމްޕްގެ މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކް ޕާޓީން ފެށީ އެމަނިކުފާނު މަގާމުގެ ނުފޫޒް ބޭނުންކުރައްވަމުންގެންދަވާ ކަމަށް ބުނެއެވެ.

އެގޮތުން ޓްރަމްޕް ޔުކްރޭންގެ ރައީސް ވުލަޑިމިއާ ޒެލެންސްކީއާ ދެމެދު ކުރި ފޯން ކޯލެއްގެ އޯޑިއޯ ވަނީ ލީކްވެފައެވެ. އެ ވީޑިއޯގައި ޓްރަމްޕް ވަނީ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާއި އޭނާގެ ފިރިހެން ދަރިފުޅު މައްސަލައެއް ތަހުގީގު ކުރުމަށް ޕްރެޝަރު ކުރައްވައިފަ އެވެ.

2016 ވަނައަހަރު އެމެރިކާގެ ނައިބު ރައީސް ކަމުގައި ޖޯ ބައިޑެން ހުންނެވި ދުވަސްވަރު އޭނާގެ ދަރިކަލުން ހަންޓާ ބައިޑެން ހުންނެވީ ޔޫކްރެއިންގެ ގުދުރަތީ ގޭސް އުފައްދާ ކުންފުންޏެއްގެ ބޯޑު މެމްބަރުކަމުގައެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އޭނާ މަގާމުން ދުރުކުރަން އުޅުމަކީ އެމެރިކާގެގެ ރައްޔިތުން ދިން ވޯޓާއި އެމީހުންގެ ދީނާއި ގާނޫނު އަސާސީގެ ހައްގު ނިގުޅައިގަތުން ކަމަށެވެ.

އޭގެ އިތުރުން މިއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ހުރަސްއެޅުމުގެ މަގްސަދުގައި ކުރަމުންދާ މަސައްކަތެއްކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ދާދި ފަހުން އެމެރިކާގައި ނެގި ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޓްރަމްޕް މަގާމުން ދުރުކުރުމަށް އެމެރިކާގެ ދެބައި ކުޅަ އެއްބައި މީހުން ތާއިދު ކުރެއެވެ.