03 Oct 2019, 08:37
ރިކް ރިއޯޑަންގެ މަޝްހޫރު ވާހަކަ ސީރީޒް "ޕާސީ ޖެކްސަން" ސީރީޒްއެއްގެ ގޮތުގައި ސްޓްރީމިން ސާވިސް އަކަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕާސީ ޖެކްސަން އަނެއްކާވެސް ސްކްރީނަށް އައުމަށް ހަމަޖެހިފައިވާއިރު އެ ޝޯ ގެނައުމަށް ހަމަޖެހިފައިވަނީ ކޮން ސާވިސްއަކަށް ކަމެއް ހާމަވެފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި ޕާސީ ޖެކްސަންގެ ޝޯއެއް ގެނައުމަށް މަސައްކަތް ކުރާއިރު މިހާރު ކުރިއަށްދަނީ ޝޯގެ ކާސްޓިންގެ މަސައްކަތެވެ.
ޕާސީ ޖެކްސަން ވާހަކަ ސީރީޒްގައި ފަސް ފޮތެއް ހިމެނެއެވެ.
އެ ފޮތް ސީރީޒްގެ މައްޗަށް މީގެކުރީން ވަނީ ފިލްމުވެސް ތައްޔާރުކޮށްފައެވެ. އެގޮތުން ޕާސީ ޖެކްސަން އެންޑް ދަ ލައިޓްނިން ތީފް އާއި ޕާސީ ޖެކްސަން އެންޑް ސީ އޮފް މޯންސްޓާސް އަށް ވަނީ ފިލްމު ނެރެފައެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން އުފެދުނު އެ ފިލްމު ސީރީޒްގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ލޯގަން ލާމަން އާއި އެލެކްޒެންޑްރާ ޑަޑާރިއޯ އެވެ.