ކޮރެއާގެ އުފެއްދުންތަކަށް ހާއްސަ "ކޮރެއަން ސްޓޯރު" ހުޅުވައިފި އެވެ.

މިއީ ގާކޮށީގައި ހިންގާ ޒިމީ ވޯގް އިން ވިއްކާ އުފެއްދުންތަކާއި އިތުރު އެހެން ޕްރޮޑަކްޓުތަކާ އެކު މ. ފަނޑިޔާރު މަގުގައި ހުޅުވި ފިހާރައެކެވެ.

"ފާސްޓް ފެޝަން" ޕްރޮޑަކްޓުތަކަށް ހާއްސަ މި ފިހާރައިން ގޭތެރޭގައި ބޭނުންކުރާ ސާމާނުން ފެށިގެން ޒީނަތްތެރިވުމަށް ބޭނުންވާ އުފެއްދުންތަކާއި ކުޑަކުދިން ކުޅޭ ސާމާނު ވެސް ލިބޭނެ އެވެ.

މީގެ އިތުރުން ސެންޓު، ފައިވާން ޓޮއިލެޓްރީސް ވެސް މިފިހާރަ އިން ވިއްކަ އެވެ. ކޮރެއަން ސްޓޯރުގެ ހުރިހާ އުފެއްދުމަކީ ވެސް ސައުތު ކޮރެއާގެ ޕްރޮޑަކްޓެވެ.

ކޮރެއަން ސްޓޯރު އިން ބުނީ އިއްޔެ ފިހާރަ ހުޅުވި ވަގުތުން ފެށިގެން ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ގާކޮށީގައި ހިންގާ ޒިމީވޯގް ފިހާރައަށް ކަސްޓަމަރުންދޭ ތަރުހީބު ވެސް އެފަރާތުން ފާހަގަ ކުރެ އެވެ.

ކޮރެއަން ސްޓޯރުގައި ކަސްޓަމަރުންތަކެއް --

"ކަސްޓަމަރުންގެ ސަޕޯޓު ވަރަށް ބޮޑު. އަޅުގަނޑުމެންގެ ފްރެންޗައިޒް ޝޮޕަށް، ޒިމީވޯގް އަށް ވެސް ޝިޕްމެންޓު ނުގެނެވިފައި އޮންނަނީ. މިތަނުން ވިއްކާ އުފެއްދުންތަކަކީ އަގުހެޔޮ ކޮލެޓީ ސާމާނު،" ކޮރެއަން ސްޓޯރު ވެސް ހުންނާނީ ޒިމީ ވޯގް އިން ލިބޭ ޕްރޮޑަކްޓުތައް ކަމަށް އެ ފިހާރައިން ބުންޏެވެ.